މުޒާހަރާތަކަށް ކެތް ނުކުރެވިގެން ސޫދާންގެ ބޮޑުވަޒީރު އިސްތިއުފާ ދީފި

ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އަސްކަރިއްޔާއިން ބަޣާވާތް ގެނެސް އޭނާ މަގާމުން ދުރުކުރީންސުރެ ކުރަމުންދާ މުޒާހަރާތަކަށް ކެތް ނުކުރެވި...

03 Jan 2022 | 13:55

ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އަސްކަރިއްޔާއިން ބަޣާވާތް ގެނެސް އޭނާ މަގާމުން ދުރުކުރީންސުރެ ކުރަމުންދާ މުޒާހަރާތަކަށް ކެތް ނުކުރެވިގެންނެވެ. އަދި ފަހުން ސޫދާންގެ ވެރިކަމުގެ ބާރުތައް ހިއްސާކުރުމާ ގުޅޭ ގޮތުން ސިފައިންނާ އެކުގައި ހެދި އެއްބަސްވުމެއްގެ ދަށުން، އޭނާ އަލުން ބޮޑުވަޒީރުކަމަށް އައްުޔަން ކުރި ނަމަވެސް އާންމުން މުޒާހަރާތައް ހުއްޓާނުލައި ހަމްދޫކުގެ އިސްތިއުފާއަށް ގޮވަމުންދާތީ އެވެ.

ސޫދާންގައި މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ ގައުމުތަކާއި ރައްޔިތުންގެ ފިއްތުންތަކާއި ހެދި އަސްކަރިއްޔާއިން ހަމްދޫކާއި ބޮޑުވަޒީރުކަން އަލުން ހަވާލު ކުރި ނަމަވެސް ވެރިކަމުގެ ހުރިހާ ބާރުތަކެއް އޮންނަނީ ސިފައިންގެ އަތުގައި ކަމަށެވެ. އެމީހުންގެ ޑީމާންޑަކީ ރައްޔިތުންގެ ވެރިކަމެއް އެ ގައުމުގައި ގާއިމް ކުރުމެވެ.

ހަމްދޫކު އިސްތިއުފާ ދެއްވުމުން ގައުމުގެ ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރަމުން ދަނީ ސިފައިންނެވެ.

ހަމްދޫކު އިސްތިއުފާ ދެއްވުމުން ސޫދާންގެ މަޝްރަހު އިތުރަށް ގޯސްވާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ. ހަމްދޫކު ބޮޑުވަޒީރުކަމަށް ގެނެސްފައިވަނީ 2019 ވަނަ އަހަރު އެ ގައުމުގެ ކުރީގެ ރައީސް އުމަރު ބަޝީރުގެ ވެރިކަން ސިފައިން ބަޣާވާތްކޮށް ވައްޓާލުމަށް ފަހު އެކުލަވާލި އިންތިގާލީ ސަރުކާރުންނެވެ.

އެ ސަރުކާރު އެކުލަވާލާފައިވަނީ ސިފައިންނާއި ސޫދާންގެ ސިޔާސީ ޕާޓީތަކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް