އެޕާޓްމަންޓެއް ކުއްޔަށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހޯދަނީ އައިޝަތު މާޝާ ޝާހީން، 26، އދ. މާމިގިލީ އާއި ނައުފަލް އަހުމަދު، 33، ހއ. ހޯރަފުށި އެވެ.
ފުލުހުން ވިދާޅުވީ މި މީހުންގެ ފޮޓޯ އާންމުކުރީ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ ކަމަށާއި އަދި އެމީހުން އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރަމުން އަންނަ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން ކަމުގައެވެ.
މިގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ މި ދެ މީހުންނަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް