ހުޅުމާލޭގައި ސްވިމިން ޕޫލަކަށް ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ހުޅުމާލޭގައި ސްވިމިން ޕޫލަކަށް ވެއްޓި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު 7:10 ގައި ކަމަށެވެ. ފުލުހުންނަށް ރިޕޯޓު ކުރީ އެ ކުއްޖާ ހުޅ...

03 Jan 2022 | 13:18

ހުޅުމާލޭގައި ސްވިމިން ޕޫލަކަށް ވެއްޓި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު 7:10 ގައި ކަމަށެވެ. ފުލުހުންނަށް ރިޕޯޓު ކުރީ އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

އެ ކުއްޖާ ވެއްޓިފައިވަނީ ބީޗް ފްރޮންޓު ރެސިޑެންސްގެ ސްވިމިން ޕޫލަށެވެ.

ފުލުހުން ބުނީ ކުއްޖާ ނިޔާވީހަވީރު 5:40 ހާއިރު ކަމަށް ޑޮކްޓަރުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް