މިދިޔަ 10 އަހަރުތެރޭ އެންމެ ވަރި މަދީ ކޯވިޑްގައި ބަންދުކޮށްފައި އޮތް 2020 ގައި

މިދިޔަ 10 އަހަރު ތެރޭގައި އެންމެ ވަރި މަދީ 2020 ވަނަ އަހަރު ކަމަށް ނެޝަނަލް ސްޓެޓިސްޓިކުން ހާމަކޮށްފި އެވެ. އެ އިދާރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ 10 އަހަރު ތެރޭގައި 35،120 އޭގެ ތ...

03 Jan 2022 | 11:56

މިދިޔަ 10 އަހަރު ތެރޭގައި އެންމެ ވަރި މަދީ 2020 ވަނަ އަހަރު ކަމަށް ނެޝަނަލް ސްޓެޓިސްޓިކުން ހާމަކޮށްފި އެވެ.

އެ އިދާރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ 10 އަހަރު ތެރޭގައި 35،120 އޭގެ ތެރެއިން އެންމެ ވަރި މަދު އަހަރު ކަމަށްވާ 2020 ވަނަ އަހަރު ކޮށްފައިވަނީ 2،984 ވަރި ކަމަށް ބުނެފައިވެ އެވެ.

މިދިޔަ 10 އަހަރު ތެރޭގައި ޖުމްލަ 35،120 ވަރިކޮށްފައިވެ އެވެ. ވަރިކުރި ޖުމްލަ އަދަދަށް ބަލާއިރު އަހަރަކު އެވްރެޖްކޮށް ގާތްގަނޑަކަށް 3،192 ވަރިކޮށްފައިވެ އެވެ.

އަދި 10 އަހަރު ތެރޭގައި އެންމެ ވަރި މަދީ 2010 ވަނަ އަހަރެވެ. އެ އަހަރު 2،795 ވަރިކޮށްފައިވެ އެވެ.

މީގެ އިތުރުން އެންމެ ވަރި ގިނައީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 3,429 ވަރިކޮށްފައިވެ އެވެ.

އެ ހިސާބުތަކުގައިވާގޮތުން މިދިޔަ 10 އަހަރު ތެރޭގައި 61،027 ކައިވެނިކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް