ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ސިރިންޖް ލިބޭނެ ދުވަހެއް އަދިވެސް ނޭނގެ: އެޗްއީއޯސީ

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން ލިބިފައިވީ ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ޝިޕްމަންޓް ލިބޭނެ ވަކި ދުވަހެއް ބުނަން އަދިވެސް ...

03 Jan 2022 | 10:30

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން ލިބިފައިވީ ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ޝިޕްމަންޓް ލިބޭނެ ވަކި ދުވަހެއް ބުނަން އަދިވެސް ނޭނގޭ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފިއެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް މި ވަގުތު ޖަހަމުން އަންނަނީ 50 އަހަރުން މަތީގެ މީހުންނަށާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައި އޮތީ އިތުރު ކެޓަގަރީތަކުގެ މީހުންނަށް މިދިޔަ މަހުގެ މެދުތެރޭގައި ބޫސްޓަ ޑޯޒު ޖަހަން ފަށާނެ ކަމުގައެވެ.

ނަމަވެސް އެ ތާރީހަށް ބޫސްޓާ ޑޯޒް ޖަހަން ނުފެށޭނެ ކަމަށް ބުނެ އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަށް ސިރިންޖް ލިބުމުގައި ދަތިވެފައި ވަނީ މުޅި ދުނިޔެއަށް ވެސް ސިރިންޖުގެ ދަތިކަން އޮތުމުން ކަމުގައެވެ.

އަދި ސިރިންޖް ލިބި އެހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ތާރީހެއް އިއުލާންކުރާނެ ކަމުގައި އެޗްޕީއޭ އިން ބުނެފައި ވެއެވެ.

ބޫސްޓަރ ޑޯޒުގެ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަށް ވާން ވާނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއިި ދެވަނަ ޑޯޒުު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

ބޫސްޓަ ޑޯޒްގެ ގޮތުގައި، ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ފައިޒާގެ 100،620 ޑޯޒް ރާއްޖެ އަށް ވަނީ ހަދިޔާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް