އެފްއެސްއެމްއިން ކަނޑު އުޅަނދުފަހަރަށް ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ފަށައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކަނޑު އުޅަނދު ފަހަރަށް ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަން ފަށައިފި އެވެ. އެފްއެސްއެމްއިން މީޑިއާގައި ބުނީ ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަން ފެށީ އަމިއްލަ ކު...

03 Jan 2022 | 10:17

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކަނޑު އުޅަނދު ފަހަރަށް ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަން ފަށައިފި އެވެ.

އެފްއެސްއެމްއިން މީޑިއާގައި ބުނީ ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަން ފެށީ އަމިއްލަ ކުންފުނިތަކުގެ ސްްޓޮކް ހުސްވެ އެ ކުންފުންޏަށް ބާރުބޮޑުވުމުން ކަމަށެވެ.

ކަނޑު އުޅަނދު ފަހަރަށް ތެޔޮ ވިއްކާ އަމިއްލަ ކުންފުނިތަކަކީ ވިލާ އާއި ހޯކްސް އެވެ.

މިބަދަލު ގެނައީ ހުސްނުވެ ބޭނުންވާ ހުރިހާ ފަރާތްތަކަސް ތެޔޮ ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތުދެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވިލާ އާއި ހޯކްސްއިން މި މަހު ތެރޭގައި ތެލުގެ އާ ޝިޕްމެންޓެއް ރާއްޖެ ގެންނާނެ އެވެ.

އޭރުން އެފްއެސްއެމްއިން މިހާރު ގެންގުޅޭ ކޮންޓްރޯލް ދޫކޮށްލާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް