ބޮލީވުޑްގެ ބަތަލް ޖޯން އަބްރަހަމް އާއި އަންހެނުން ޕްރިޔާ ރަންޗަލް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ޖޯން މިއަދު ބުނީ ދެމަފިރިންނަށް ކޯވިޑް ޖެހިފައިވާކަން އެނގުނީ އޭނާ ކޮންޓެކްޓުވި މީހަކަށް ކޯވިޑް ޖެހިގެން އުޅޭތާ ތިން ދުވަސް ފަހުން ކަމަށެވެ. ދެމީހުން މިވަގުތު ތިބީ ހޯމް ކަރަންޓީންގައި ކަމަށް ބުނެފައިވެ އެވެ.
ދެމީހުންގެ ގައިންވެސް ފެންނަނީ މަދު އަލާމާތްތަކެއް ކަމަށް ޖޯން ބުނެފައިވެ އެވެ. އަދި އާންމު ގޮތެއްގައި ދެމީހުންގެ ހާލު ރަނގަޅު ކަމަށް ބުންޏެވެ.
ޖޯން ބުނީ އޭނާ އާއި ޕްރިޔާ އަކީ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ބައެއް ކަމަށެވެ.
މިފަހަކުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ ކޯވިޑަށް ޕޮސިޓިވް ވަމުންނެވެ. އޭގެ ތެރޭގައި ނޯރާ ފަތޭހީ އާއި އަރްޖުން ކަޕޫރު ފަދަ ތަރިން ހިމެނެ އެވެ.
އަދި މީގެ ކުރިން ކަރީނާ ކަޕޫރާއި އޭނާގެ ގްރޫޕުގައި ހިމެނޭ އިތުރު ތަރިންތަކެއް ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް