އެއްފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަކަށް އަދި ފުރިގެން މާލެ ސަރަހައްދު ދާނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމުގަައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެެވެ.
ޔާމީން މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޗެނަލް 13 އަށް ރޭ ދެއްވި އިންޓަވިއު އެއްގައެވެ.
ޔާމީން ވިދާޅުވީ އެމީހެއްގެ ވެރިކަމުގައި ފަށާ ކަންކަން ނިންމަން ބޭނުންވާނީ އެމީހާ އަމިއްލަ އަށް ކަމުގައެވެ. އަދި ވެސް ފެނިގެން މިދަނީ އެ މަނިކުފާނުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރި ކަންތައްތަކުގެ ރިބަން ކަނޑާ މަންޒަރު ކަމަށާއި އެއީކީ އޭގެ ޒާތުގައި ސިޔާސީ ލީޑަރުން އެހާ ބޮޑަށް އެދޭނޭ ކަމެއް ނޫން ކަމުގައި ޔާމީން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި މީހުން އެއްފަސްކުރުމަށްޓަކައި ފައިސާ ޚަރަދު ނުކުރާނެ ކަމުގައެވެ. އަދިވެސް އެ ސިޔާސަތު ކުރިއަށް ގެންދަވާނީ މާލެ ސަރަހައްދުގައި ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އެހެން ރަށްރަށުގައި މާލެ ސަރަހައްދުގައި ޤާއިމް ވެފައިވާ ވަރަށް ވަސީލަތްތައް ޤާއިމް ވެފައި ނެތް ކަމަށާއި އެ ރަށްރަށުގައި އެ ވަސީލަތްތައް ޤާއިމް ކުރުމަށް ބޮޑެތި ޚަރަދު ތަކެއް ހިނގާނެ ކަމަށް ޔާމީން ވިދާޅުވެފައި ވެއެވެ.
މާލެ ސަރަހައްދުގައި އެއްފަސް ކުރެވޭނެ ކަން މިހާރު ދައްކާފައި ވާނެ ކަމަށާއި އެއްފަސް ކުރުން ހަމަ ކުރިއަށް ގެންދާނީ މާލެ ސަރަހައްދުގައި ކަމަށް ޔާމީން ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އެއްފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަށް ފުރިގެން ދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށާއި އެއްފަސްކުރުމުގެ ހައްްލަކަށް އަދިވެސް ވިސްނަނީ މާލެ އާއި މާލެ ސަރަަހައްދު ކަމުގައި ޔާމީން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް