ވަގްފް ފަންޑަށް ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި

އިސްލާމިކް މިނިސްޓްރީގެ މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގްފް ފަންޑަށް ނަގުދު ފައިސާ ބަލައިގަން ގޮތަށް ހަމަޖައްސައިފިއެވެ. އެ މިނިސްޓްރީން މިއަދު ބުނީ ނަގުދު ފައިސާ ވަގްފ...

03 Jan 2022 | 09:35

އިސްލާމިކް މިނިސްޓްރީގެ މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގްފް ފަންޑަށް ނަގުދު ފައިސާ ބަލައިގަން ގޮތަށް ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ނަގުދު ފައިސާ ވަގްފް ފަންޑަށް ބަލައިގަންނަ ގޮތަށް ނިންމީ ނަގުދު ފައިސާއިން އެހީތެރިވެދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މިގޮތުން އެ  ފުރުސަތު މިއަދުން ފެށިގެން އޭޕްރީލް 30 ގެ ނިޔަލަށް އޮންނާނެ ކަމަށް ހާމަކޮށްފައިވެއެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 އިން މެންދުރު 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ރިސެޕްޝަނުން ނަގުދު ފައިސާ ބަލައިގަންނާނެއެވެ.

ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކެވުމުގައި މިހާރު ބޭނުން ކުރަނީ އޮންލައިން ޕްލެޓް ފޯމެއް ކަމުގައިވާ ބަނޑޭރި ޕޯޓަލްއެވެ. ވަގްފް ފަންޑަށް ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖެއްސި ނަމަވެސް ބަނޑޭރި ޕޯޓަލް އިން ވެސް ފައިސާ ބަލައިގަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް