ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އެއް ފުލުހަށް ހުށަހަޅައިފިއެވެ. "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައި ގައި ބުނެފައި ވަނީ ...

03 Jan 2022 | 09:01

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އެއް ފުލުހަށް ހުށަހަޅައިފިއެވެ.

"ރައްޔިތުންގެ އިއްތިހާދު" އިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައި ގައި ބުނެފައި ވަނީ އެމްޑީޕީގެ ރައީސް ޣައިރު ދީން ތަކުގެ ޝިއާރުތައް ފަތުރާ ކަމުގައެވެ.

އެގޮތުން އެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރު ވެސް ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައި ކަމުގައެވެ.

ހަމައެހެންމެ 2021 އަހަރު ވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ ކަމުގައެވެ.

މީގެ އިތުރުން މި މައްސަލަ މީގެ ކުރިން ވެސް ފުލުހަށް ހުށަހަޅާފައި ވީނަމަވެސް މައްސަލަ ކުރިޔަށް ގޮސްފައި ނުވާ ކަމަށް އެ އިއްތިހާދުގެ ސިޓީގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެ މައްސަލަ އަލުން ފުލުހަށް ހުށަހަޅާ ކަމުގައި އެ އިއްތިހާދުގެ ސިޓީގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް