ނ. އަތޮޅުން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް (ހުދު ސަމާލު) ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހ...

03 Jan 2022 | 07:35

މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް (ހުދު ސަމާލު) ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި އެ ސަރަހައްދުތަކަށް ވައި ޖެހޭނޭކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.

ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވާ އިރު ރޭގެ ވަގުތެއްގައި ރާއްޖޭގެ ބައެއް ރަށްރަށައް އުދަ އަރާފައި ވެއެވެ.

އުދަ އެރި ރަށްތަކުގެ ތެރޭގައި ށ. އަތޮޅު ފުނަދޫ އާއި ނ. ހޮޅުދޫ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް