ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ފާތިމަތު ޝަރާ އާއި އިންޑިއާގެ ޓީވީ ތަރި ނިއާ ޝަރުމާގެ ފޮޓޯއެއް އެއްކޮށްގެން ވަރަށް ވައްތަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ.
ފޮޓޯ ފުރަތަމަ ފެންނައިރު އޮޅާހޭ އެޑިޓްކޮށް ކައިރިކޮށްލުމުން ދެމީހުން ވައްތަރެވެ. މޭކަމާއި ފޮޓޯއަށް ދެ ތަރިން ހުއްޓިގެން ތިބޭގޮތުން ފުރަތަމަ ބަލާލާއިރު ކޮންމެ މީހަކަށްވެސް ދެ ތަރިން އޮޅިދާނެ އެވެ.
ސޯޝަލް މީޑިއާގައި އެ ފޮޓޯއަށް ހިޔާލުފާޅު ކުރި ގިނަ މީހުންވެސް ވަނީ އެ ފޮޓޯއަށް ކުއްލިއަކަށް ބަލާލާއިރު ވައްތަރު ގޮތެއް ހުންނަ ކަމަށެވެ. އެކަމަކު ދެމީހުން އޮޅޭ ވަރަށް ސިފަ އެއްގޮތް ނޫން ކަމަށްބުނެ ބައެއް މީހުން ދަނީ ޖޯކު ޖަހަމުންނެވެ.
އެކަމަކު ޝަރާ އިންސްޓަގްރާމް ކޮށްފައިވާ ބައެއް ފޮޓޯތަކުން އޭނާ ނިއާ އާއި ވަރަށް ވައްތަރުގޮތެއް ހުރެ އެވެ.
https://www.instagram.com/p/CTy01urJ6xB/
https://www.instagram.com/p/CNCGXrKFqyB/
ނިއާ އަކީ ދިވެހިންގެ މެދުގައި މަގުބޫލު މޫނެކެވެ. ދިވެހިންގެ މެދުގައި މަޝްހޫރުވި ނިއާގެ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "ޖަމައި ރާޖާ" "އޭކް ހަޒާރޯމެއިން މޭރާ ބެހެނާހޭ" ހިމެނެ އެވެ.
ޝަރާ ދިވެހި ފިލްމީ ދާއިރާއަށް ނުކުތީ ބައިސްކޯފުން ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" އިންނެވެ. އޭގެ ފަހުން ބައެއް ފިލްމުތަކުން ޝަރާ ފެނިގެން ގޮސްފައިވާއިރު ދެން އެންމެ އަވަހަށް އޭނާ ފެންނާނީ ޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) ޕްރޮޑިއުސްކޮށް، ކުޅެފައިވާ "ތިޔަ ސޫރަ" ލަވައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް