މިސްރުގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުފައިވަނީ އުމުރުން 19 އަހަރުގެ މިންހާޖު އީސާ އެވެ. މިންޖާހު ކިޔަވަމުން ދިޔައީ ސިވިލް އިންޖިނިއަރިން އެވެ.
"ދުވަސް" އަށް މައުލޫމާތު ދެމުން މިސްރުގައި ހުރި ދިވެހި ދަރިވަރަކު ބުނީ މިންހާޖު މަރުވެފައި އޮއްވަ ފެނުނީ ފާހާނާގައި އެވެ. އޭނާ ފާހާނާއަށް ވަނީ އެހެން ދިވެހި ކުދިންނާއި އެކު ފުޓުބޯޅަ ކުޅުމަށް ފަހު މިލްކްޝޭކެއް ބޮއެގެން ކަމަށް ބުންޏެވެ.
އެ ދަރިވަރު ބުނީ މިންހާޖު މަރުވެފައި އޮއްވަ ފެނުނީ ފާހާނައިގަ ގިނައިރުވުމުން ދޮރުގައި ތެޅުމުންވެސް ނުހުޅުވައި ގިނައިރުވުމުން ދަރިވަރުންތަކެއް ދޮރު ވައްޓާލައިގެން އެތެރެއަށް ވަނުމުން ކަމަށެވެ. އެ ދަރިވަރު ބުނީ ފާހާނާއިން އިވެމުންދިޔައީ ހަމައެކަނި ފެން މާގަނޑު ދޫކޮށްފައި ހުންނަ އަޑު އެކަނި ކަމަށެވެ.
މިންހާޖު މަރުވެފައި އޮތީ ފާހާނާ ޓަބު ތެރޭގައި އެވެ. ބޭރުފުށުން ބޮޑު ޒަހަމެއް ފެންނަން ނެތް ކަމަށް "ދުވަސް" އަށް މައުލޫމާތުދިން ދަރިވަރު ބުންނެވެ.
މިންހާޖުގެ މަރާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިސްރުގެ ވެރިރަށް ގާހިރާގައި ރޭ މަރުވި ދަރިވަރުގެ އާއިލާއަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ. މި މަސައްކަތުގައި ހަރަކާތްތެރިވަމުންދަނީ އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކަމަށް ބުނެ އެވެ.
ފޮރިން މިނިސްޓްރީން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް