މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފަ އޮއްވަ ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ރޭ9:03 ގައި ކަމަށެވެ. ރިޕޯޓުކޮށްފައިވަނީ މާފަންނު ގެއެއްގައި މީހަކު ވެއްޓިފައިވާ ކަމަށް ބުނެ ކަމަށެވެ. ސ...

03 Jan 2022 | 03:32

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ރޭ9:03 ގައި ކަމަށެވެ.

ރިޕޯޓުކޮށްފައިވަނީ މާފަންނު ގެއެއްގައި މީހަކު ވެއްޓިފައިވާ ކަމަށް ބުނެ ކަމަށެވެ.

ސީނަށް ދިޔަ ފުލުހުންނާއި ހަވާލާދީ ފުލުހުންގެ މީޑިއާއިން ބުނީ އެމީހާ އޮތީ މަރުވެފައި ކަމަށެވެ.

އެއީ އުމުރުން44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް