ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ހިފަހައްޓައިފި

ގަވައިދާ ހިލާފަށް އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ އެތަކެތި ރާއްޖެއިން ބޭރު ކުރަން އުޅުނީ ލޮނުމަސް ޝިޕްމަންޓެ...

03 Jan 2021 | 18:31

ގަވައިދާ ހިލާފަށް އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ އެތަކެތި ރާއްޖެއިން ބޭރު ކުރަން އުޅުނީ ލޮނުމަސް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެންނެވެ. ކަސްޓަމްސްއިން ބުނީ އަތުލައިގަތް މިޔަރު އުރަހަތަކުގައި ޖުމްލަ 429 ކިލޯ ހުރި ކަމަށެވެ.

މިތަކެތި ބަންދުކޮށްފައި ހުރީ 21 ފޮށިގަނޑުގައި އެވެ. މިތަކެތި ހިފަހައްޓާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ޕޯސްޓުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ.

މި ތަކެތި ބޭރުކުރަން އުޅުނު ބަޔަކާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ

https://twitter.com/CustomsMv/status/1345713389155147778

ކަސްޓަމްސްއިން ބުނީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި މިޔަރުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަކީވެސް މަނާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް