މިއަދުވެސް 30 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެއްޖެ

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 33 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 24 މީހުން ކަމަށެވެ. ރިސޯޓުތަކުން ހަ މީހަކު ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަ...

03 Jan 2021 | 18:13

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 33 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 24 މީހުން ކަމަށެވެ. ރިސޯޓުތަކުން ހަ މީހަކު ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަށްތަކުން އެކަކު އަދި ސަފާރީތަކުން އެކަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.

މިއަދަކީ ކޯވިޑަށް 30 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވާތާ ތިން ވަނަ ދުވަހެވެ. އިއްޔެ 30 މީހުންނަށް އަލަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ކުރީ ދުވަހު 47 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،734 ސާމްޕަލެވެ. މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 322،728 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 621 މީހުންނަށެވެ. އޭގެ ތެރެއިން 31 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިއަދު 25 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު 13،191 މީހުން ބަލިން ރަނގަޅުވީ އެވެ.

މި ބަލީގައި މަރުވެފައިވަނީ 48 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 13،867 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް