އޭއީއެޗް އިން އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފަށައިފި

އައްޑޫގައި މިހާރު ހިންގަމުން އަންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފަށައިފި އެވެ. ޓާރޝަރީ ހޮސްޕިޓަލުން އެކަން ހާމަކުރީ ކޮށްފައިވާ ޓްވީޓެއްގަ އެވެ. އެ ހޮސ...

03 Jan 2021 | 13:39

އައްޑޫގައި މިހާރު ހިންގަމުން އަންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ޓާރޝަރީ ހޮސްޕިޓަލުން އެކަން ހާމަކުރީ ކޮށްފައިވާ ޓްވީޓެއްގަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އެކަމާ ގުޅޭ ޓްރޭނިންގ ޕްރޮގްރާމްތަކެއް ވެސް ހިންގުމަށް ފަހު، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

https://twitter.com/aeh_mv/status/1345673859643576320

މި ޚިދުމަތް އޭއީއެޗުން ދޭން ފެށުމުން ވެރިރަށް މާލެ ފިޔަވައި ރާއްޖޭގައި އެ ޚިދުމަތް ލިބޭ ފުރަތަމަ ތަނަކަށް އޭއީއެޗް ވާނެ އެވެ.

އެންޑޮސްކޮޕީ އަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ޚާއްސަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖަރ އެކެވެ.އައްޑޫގައި ކުރިން ހިންގި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ބަދަލުގައި ތަރައްގީކޮށް، ވަރަށް ގިނަ އާ ހިދުމަތްތަކަކާ އެކު 100 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި އޭއީއެޗުން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ 15 ގަ އެވެ.

އޭއީއެޗުން މިހާރު އައްޑު އާއި ދެކުނުގެ އެހެން އަތޮޅުތަކުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް މީހުން ޚިދުމަތް ހޯދަ އެވެ.

https://twitter.com/aeh_mv/status/1344548996027568128

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް