ކްލަސްޓަރ ބޮޑުވެ، ބެންކޮކް ގެ ސްކޫލުތަކާއި ވިޔަފާރިތައް ބަންދުކުރަން ނިންމައިފި އެވެ.
މި ކްލަސްޓަރ އަކީ މީގެ ދޮޅު ހަފްތާއެއްހާ ދުވަސްކުރިން ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ސީފުޑް ބާޒާރަކުން ފެނުނު ކޮވިޑް-19 ގެ ވައިރަސްއާއެކު އުފެދުނު ކްލަސްޓަރ އެކެވެ.
މި ކްލަސްޓަރ އާ ގުޅިގެން ބަންދުކޮށްފައިވަނީ ސްކޫލްތަކާއި ބާތަކާއި ޕާކުތަކާއި ކުޑަކުދިން ކުޅޭ ތަންތަނާއި ޖިމްތަކާއި މަސާޖް ކުރާ ތަންތަނާއި ނައިޓް ކްލަބްތަކެވެ.
އެހެންނަމަވެސް ރެސްޓޯރެންޓްތަކާއި އާންމު ފިހާރަތަކާއި ސިނަމާތަކާއި ބޯކޮށާ ތަންތަން މިވަގުތަށް ބަންދުކުރަން ނިންމާފައި ނުވާ ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.
ބެންކޮކް އިން އިއްޔެ އެކަނިވެސް 216 ކޭސް ވަނީ ފެނިފަ އެވެ.
"މިހާރު މަސައްކަތް ކުރަނީ ލޮކްޑައުނަކަށް ނުގޮސް އަދި ކާފިއު ވެސް ނުހިންގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް. އެކަމަކު މިގޮތަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ކުރު މުއްދަތަކަށް ނަމަވެސް ލޮކްޑައުނަކަށް ދިޔުން ވަރަށް ގާތް." އެގައުމުގެ އޮފިޝަލުން ބުނެ އެވެ.
ތައިލެންޑަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ވަރަށް ކާމިޔާބު ގައުމަކަށްވާ އިރު، ޗައިނާއަށްފަހު ކޮވިޑް-19 ދުނިޔޭގެ ގައުމުތަކަށް ފެތުރިގަތް ދުވަސްވަރު ތައިލެންޑުންވަނީ ވަރަށް އަވަހަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް