ސިއްހީ މިންގަނޑުތައްހިފަހައްޓާ ފަރާތްތަކަށް ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އީއައިއެފްއީސީ)ގެ ސެޓްފިކެޓް ދޭން ނިންމައިފިއެވެ.
ބަލިމަޑުކަމުގެ ހާލަތުގައި ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް ޕްރޮގްރާމެއް ދިވެހިރާއްޖޭގައި ހިންގުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ޔޫރޮޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލައަންސާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. ކޮމްޕްލަޔަންސް ސްޓޭންޑާޑްތަކެއް ރާއްޖޭގައި ގާއިމްކޮށް، ތަންފީޒުކުރުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު އަށް ވަނަ ދުވަހުއެވެ.
އައިއެފްއީސީގެ ފަރާތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާ ގުޅިގެން "ސިއްހަތު އަދި ސާފުތާހިރުކަމާއި އަދި އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށް" ކޮމްޕްލަޔަންސް ސްޓޭންޑާޑްތަކެއް ރާއްޖޭގައި ގާއިމްކޮށް، ތަންފީޒުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސިއްހީ މިންގަޑުތައް ހިފަހައްޓާ ފަރާތްތައް ބެލުމަށް ފަހު ކަމަށެވެ. އެޗްޕީއޭއިން ބުނީ މިފަދަ ސްޓޭންޑާޑްތައް ގާއިމްކޮށް ހިފެހެއްޓުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސާފުތާހިރުކަން ކަށަވަރުކުރުމުގެ ޔަގީންކަން އޮންނާނެ ކަމެއް މަށެވެ.
ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސްއަކީ ތަފާތު އެކި ދާއިރާތަކުން ކުއްލި ހާލަތާ ގުޅޭގޮތުން ނުވަތަ ކޮންމެ ބާވަތެއްގެވެސް މުހިންމުކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި، ގައިޑްލައިންތަކުގެ އިތުރުން ސެޓްފިކެޓް ދެވޭނެ ނިޒާމުތައް ތަރައްގީކުރަމުން ގެންދާ އިންސްޓިޓިއުޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް