އިންޑިޔާއިން ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވިނޭ މޯހަން އެގައުމުގެ އައު ސިއްހަތާއި ބެހޭ މިނިސްޓަރާއި ބައްދަލުކޮށް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދެގައުމު ގުޅިގެން ކުރަމުން ދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮތް މި ބައްދަލުވުމުގައި ވިނޭ މޯހަން ވަނީ ނޭޕާލަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ވިއްކައި އެ ފޯރުކޮށްދިނުމުގައި އިންޑިޔާއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. ނޭޕާލުގައި ހުންނަ އިންޑިޔާގެ އެންބަސީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ބަލިމަޑުކަން ނައްތާލުމުގައި ނޭޕާލުގެ ސަރުކާރާއި، ސިއްހީ ހިދުމަތްތެރިންނާއި އަދި ރައްޔިތުންނަށް އަބަދުވެސް އެއްބާރުލުން ދެމުން ދާނެކަމަށެވެ.
އިންޑިޔާގައި މިވަގުތު ހަ ކޮވިޑް-19 ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް