ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު އިތުރު ކައިވެންޏެއް ކުރެއްވުމާއި ދިމާކޮށް ކުރީީގެ އަނބިކަނބަލުން އަދި ކުރީގެ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް މާނަ ފުން ޓުވީޓެއް ކުރައްވައިފި އެވެ.
ޝާހިދު ހަތަރު ވަނަ ކައިވެނި ކުރައްވާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ އެވެ.
އިރުތިޝާމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވިދާހާ އެއްޗަކީ ރަން ނޫންކަމަށެވެ. އޭގޭ މާނަ އިތުރަށް ތަފްސީލް ކޮށްދެއްވަމުން ވިދާޅުވެފައިވަނީ ބޭރުފުށުން ފެންނަ އެއްޗެއްގެ ހަގީގަތް ނޭނގިދާނެ ކަމަށެވެ.
އެތެރެފުށުގައި ފޮރުވިފައި ހުންނަ ކަންކަމުން، މުޅިން އެހެން ގޮތަކަށް ގަބޫލުކުރަން ޖެހިދާނެކަމަށް ވިދާޅުވެފައިވެ އެވެ. އިރުތިޝާމް ވިދާޅުވީ ބޭރުފުށަށް އެކަނި ބަލައި ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެކަމަށެވެ.
https://twitter.com/IruthishamAdam/status/1345340694752202752
އިރުތިޝާމްގެ ޓުވީޓުގެ ސިއްރަކީ ނުވަތަ ޓުވީޓު ނުސީދާކޮށް އަމާޒު ކުރައްވާފައިވަނީ ކާކަށް ކަން ނޭނގުނަސް ބެލެވޭ ގޮތުގައި އެއީ ޝާޑުއަށް އަމާޒު ކުރެއްވި ޓުވީޓެކެވެ. ޝާޑާއި އިރުތިޝާމް 2017 ވަނަ އަހަރު ކައިވެނި ބައްލަވައިގަތީ ޝާޑުގެ ހަތަރުވަނަ ކައިވެނި ބޭއްވިހާ ކުލަގަދަ ބޮޑު ހަފްލާއަކާއި އެކު އެވެ.
އެ އަހަރު އެންމެ ފާހަގަ ކުރެވުނު އެ ކައިވެންޏަކީ ސިޔާސީ ދާއިރާގައި ކުރެވުނު އެންމެ ވަރުގަދަ ކައިވެންޏެވެ. އެއީ އިރުތިޝާމްގެ ފުރަތަމަ ކައިވެންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރިޝާމް އާއި ޝާޑުގެ ކައިވެނި ރޫޅުނީ ކައިވެނިބައްލަވައިގެތްތާ އަހަރެއްހާ ދުވަސް ފަހުން 2018 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް