މިއަހަރު ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ކޮންމެ އަހަރެއްގައި ކައިވެނިކޮށްދޭނެ ދުވަސްތަކާއި ގަޑިތައް އެ އަހަރެއް ފެށުމުގެ ކުރިން ފެމިލީ ކޯޓުން އާންމު ކުރެ އެވެ. މީގެ ކުރީ އަހަރުތަކުގައި ވަކި ހާއްސަ ދުވަސް ތަކާއި ތާރީހު ތަކުގައި ކައިވެނި ނުކޮށްދޭގޮތަށް ހަމަޖައްސާފައިވެ އެވެ.
އެ ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ މިއަހަރުގެ ހުރިހާ ދުވަހެއްގައި ރަސްމީ އަދި ނުރަސްމީ ގަޑީގައި ކޯޓުގައި ކައިވެނިކޮށްދޭނެ ކަމަށެވެ. އަދި ކޯޓުން ބޭރުގައިވެސް އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭނެ ކަމަށް ބުނެ އެވެ.
ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ގަޑިތަކަކީ:
ރަސްމީ ގަޑީގައި ހެނދުނު 8:30 ން 11:30 އަށް އަދި މެންދުރު ފަހު 1:00 ން 1:45 އަށް.
ނުރަސްމީ ގަޑީގައި ހަވީރު 4:00 ން ރޭގަނޑު 9:30 އަށް
ކޯޓުން ބޭރުގައި އޭޕްރިލް 13 އިން މެއި 19 އަށް ރޭގަނޑު 9:45 ން 10:45 އަށެ
ޖުލައި 16 ން 27 އަށް ރޭގަނޑު 8:00 ން 21:30 އަށް
އެހެން ދުވަސްތަކުގައި ހަވީރު 4:00 ން ރޭގަނޑު 9:30 އަށް
މިއަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭން ނިންމައި ގަޑިތައް އާންމު ކުރިޔަސް ރޯދަ މަހު ކައިވެނި ކޮށްދޭ ގަޑިތަކެއް އަދި އާންމު ނުކުރެ އެވެ. ފެމިލީ ކޯޓުން ބުނީ ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް ފަހުން އާންމު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް