ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ފީ މި މަހުގެ ނިޔަލަށް ދެއްކުމަށް އެމްއެމްއޭއިން އަންގައިފި

ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ ނަގާފައިވާފަރާތަކުން މި އަހަރަށް ދައްކަން ޖެހޭ ލައިސަންސް ފީ މިމަހުގެ ނިޔަލަށް ދެއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އެދިއްޖެ އެވެ. އެމްއެމްއޭއިން އި...

03 Jan 2017 | 12:37

ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ ނަގާފައިވާފަރާތަކުން މި އަހަރަށް ދައްކަން ޖެހޭ ލައިސަންސް ފީ މިމަހުގެ ނިޔަލަށް ދެއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އެދިއްޖެ އެވެ.

އެމްއެމްއޭއިން އިއްޔެ މިކަމާއި ބެހޭގޮތުން އިއުލާނެއް ވަނީ ނެރެފަ އެވެ.

އެމްއެމްއޭއިން ހާމަކުރާގޮތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ 478 ފަރާތަކަށް ދީފައިވާކަމަށާއި ލައިސަންސް ފީ ކޮންމެ އަހަރަކު 1200 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް