ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވާ އެ ހުރިހާ ހެލްތު ފެސިލިޓީތަކުގައި އެނާޖީ ޑްރިންކު ވިއްކުމާއި ބޭނުންކުރުން އެ މިނިސްޓްރީން މަނާކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ހެލްތް ފެސިލިޓީސްތަކުގައި ހުރި ކެފޭ ފިހާރަ ފަދަ ތަންތަނާއި، އަދި އެ ނޫންވެސް ތަންތާގައި އެއްވެސް ބާވަތެއްގެ “އެނާޖީ ޑްރިންކެއް” ވިއްކުމަކީ މަނާކަމެއް ކަމަށެވެ.
މީގެ އިތުރުން އެއްވެސް ހެލްތް ފެސިލިޓީއެއްގެ އިމާރާތާއި ގޯތިތެރޭ އެއްވެސް ހިސާބެއްގައި، އެނާޖީ ޑްރިންކްސް ބޭނުންކުރުމާއި، ވެއްދުމަކީ ވެސް މަނާކެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް