ބެޗެލަރސް އޮފް އެޑިއުކޭޝަން (ޕްރައިމަރީ) އަދި ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ސްކޮލަރޝިޕްތަކެއް އިއުލާނު ކޮށްފި އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިބިފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާ ކަމަށާއި ހުޅުވާލާފައިވަނީ ބެޗެލަރ އޮފް އެޑިއުކޭޝަން (ޕްރައިމަރީ) ގެ 20 ފުރުސަތާއި ޑިޕްލޮމާ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ފުރުސަތު ކަމަށެވެ.
އެ އިއުލާނުގައިވާގޮތުން ބެޗެލަރ އޮފް އެޑިއުކޭޝަން (ޕްރައިމަރީ)ގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. އަދި ޑިޕްލޮމާ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކޯސް ފުރިހަމަކުރުމަށްފަހު އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގައި ފަސް (5) އަހަރުދުވަހުގެ މުއްދަތަށް ޚިދުމަތްކޮށްދިނުމުގެ ބޮންޑެއް ހިމެނޭ ކަމަށާއި ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް، ކޯހަށް ވަންނަން އެދޭ ފޯމު، ސްކޮލަރޝިޕަށް އެދޭ ފޯމާއެކު ހުރިހާ ޑޮކިއުމަންޓްތަކެއް ހުށަހަޅަން ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް