ތިން އަހަރުގެ ދަރިފުޅު މަރާލި ކުވޭތުގެ ދެމަފިރިއަކަށް މަރުގެ ހުކުމް އިއްވައިފި

އުމުރުން އެއްމެ ތިން އަހަރުގެ ދަރިފުޅު މަރާލި ކަން ކުވޭތުގެ ދެމަފިރިއެއްގެ މައްޗަށް ސާބިތުވުމުން އެ ދެމީހުން މެރުމަށް ކުވައިތުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ. މި ދެމީހުންނަކީވެސް ކުވޭތަށް ނިސްބަތްވާ ދެ...

03 Jan 2017 | 07:40

އުމުރުން އެއްމެ ތިން އަހަރުގެ ދަރިފުޅު މަރާލި ކަން ކުވޭތުގެ ދެމަފިރިއެއްގެ މައްޗަށް ސާބިތުވުމުން އެ ދެމީހުން މެރުމަށް ކުވައިތުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

މި ދެމީހުންނަކީވެސް ކުވޭތަށް ނިސްބަތްވާ ދެމީހުން ކަމަށްވާއިރު އެ ދެމީހުންގެ ދަރި، އުމުރުން އެއްމެ ތިން އަހަރުގެ އަންހެންކުއްޖާ މަރުވެފައިވަނީ ހަފްތާއެއް ވަންދެން ފްރިޖެއްގެ ތެރޭގައި ބޭއްވުމުން ކަމަށް ތަހުގީގުގައި މި ދެމީހުން ވަނީ އެއްބަސް ވެފަ އެވެ.

މަރަން ހުކުމް ކޮށްފައިވަނީ އުމުރުން 26 އަހަރުގެ ސާލިމް ބުހާން ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަންހެނުން އުމުރުން 23 އަހަރުގެ އާމިރާ ހުސެއިން އެވެ. މި ދެމީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ދެމީހުން ކަމުގައި ކުވޭތުގެ ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް