ކެމިކަލް ޖެހި މައްސަލައިގާ ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ށ ޅައިމަގުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްލަސައިގާ އެ ރަށުން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަ...

03 Jan 2017 | 07:06

ށ ޅައިމަގުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްލަސައިގާ އެ ރަށުން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު މިދިޔަ ހުކުރު ދުވަހު ދޫކޮށްލާފައިވާކަމަށާއި ދޫކޮށްލާފައިވަނީ ތަހުގީގަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

އެ މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފައިވާއިރު މޫނަށް ކެމިކަލް ޖެހުމުގެ ސަބަބުން ގެއްލުން ލިބުނު މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން މައުލޫމާތު ހާމަކޮށްފައިވާގޮތުގައި އޭނާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާގެ ބާވަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް