އައު އަހަރު ފެށި ޓެކްނޮލޮޖީގެ އައު އުފެއްދުންތައް މާކެޓަށް ނެރެން ފަށާފައިވާއިރު އަސުސް ކުންފުނިންވެސް މިވަނީ މިއަދުގެ ވަގުތެއްގައި އުފެއްދުމެއް ލޯންޗް ކުރާނެކަން އިއުލާނު ކޮށްފަ އެވެ.
އެއީ "އަސުސް ޒެންފޯން އޭއާރު" އެވެ. މި ފޯނާއި ބެހޭ މާ ގިނަ ތަފްސީލް އަދި ހާމަވެފައި ނުވި ނަމަވެސް މި ފޯނުގައި ބޭނުންކުރަނީ ކުއަލްކޮމް ސްނެޕްޑްރެގަން 821 ޕްރޮސެސަރ އެކެވެ. ގޫގަލްގެ އެއްމެ ފަހުގެ ފޯނު ޕިކްސެލް އަދި ވަން ޕްލަސް 3ޓީގައިވެސް ބޭނުންކޮށްފައިވަނީ މި ޕްރޮސެސަރ އެވެ. އެހެންކަމުން ޕާފޯމެންސް ރަނގަޅުވާނެކަން މިހާރުވެސް މިވަނީ ކަށަވަރުވެފަ އެވެ.
މީގެ އިތުރުން މި އުފެއްދުމުގައި ގޫގަލް ޑޭޑްރީމް ބޭނުންކުރެވޭނެ ކަމީވެސް މިހާތަނަށް ކަށަވަރުކުރެވިފައިވާކަމެކެވެ. މިއީ އަސުސް އިން މިހާތަނަށް މާކެޓަށް ނެރޭ އެއްމެ މޮޅު ސްމާޓްފޯނު ކަމުގައި ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް