އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފުވެގެން އެކި ދުވަސްމަތިން ޓޯވކޮށްފައިހުރި އުޅަނދުތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ އުޅަނދު ނައްތާލައިފިއެވެ.
ފުލުހުން ބުނީ އިއްޔެ މިތަކެތި ނައްތާލާފައިވަނީ ޕޮލިސް ޓޯވޔާޑުގައި ކަމަށެވެ. އިއްޔެ ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 81 ސައިކަލަކާއި 210 ބައިސްކަލު ކަމަށާއި މި އުޅަނދުތައް ނައްތާލާފައިވަނީ އެހެން ފަހަރުތަކާ ހިލާފަށް ހިނގާފަނެއް ހާދިސާއަކަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިތައް ވަކިކުރުމަށްފަހު ބައިތައް ވަކިވަކިން ކަމުގައި ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިއުޅަނދުތައް ނައްތާލާފައިވަނީ ޤަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކްކުރުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނު ނަންބަރު 22/2015 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ)ގެ ދަށުން އުޅަނދުތަކާ ހަވާލުވުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ދީފައިވާ 60 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް