މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑު ކުރުމުގެ މަޝްރޫއެއް ފަށަން ހޯދަން ޖެހޭ ހުއްދަ ލިބިފައިވާކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ އެމްޕީއެލް އަށް އަލަށް ގެނެސްފައިވާ ވެހިކަލްތައް އިފްތިތާހް ކުރުމަށް އޭ އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުނައިދު ވިދާޅުވީ ވިޔަފާރި ބަނދަރު ބޮޑު ކުރުމަށް މަޝްރޫއު ފެށުމުމަށް އެކޮމިކް އެންޑް ޔޫތު ކައުންސިލުން ހުއްދަ ދީފައިވާކަމަށެވެ.
ޖުނައިދު ވިދާޅުވީ އިގްތިސާދީ މައި ބަނދަރުގެ ހާލަތު ދެރަކޮށް އޮތުމުން އޭގެ އަސަރު މުޅި ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ކަމަށެވެ. އަދި މި ފަހަކަށް އައިސް އެމްޕީއެލް އަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަކަން ފާހަގަކޮށް ޖުނައިދު ވިދާޅުވީ އެ ކުރިއެރުންތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ވަމުން އަންނަ ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ޖުނައިދު އިތުރަށް ވިދާޅުވީ އެ ކުންފުނިން ބޭނުންވާ ސްޕީޑްގައި މަސައްކަތް ކުރިއަށް ނުގެންދެވެނީ މިހާރު އޮތް ބަނދަރުގައި އެއްމެ ބޯޓެއް އެޅޭތީ ކަމަށާއި އެ އަދަދު އިތުރު ކުރުމަށް ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ވީ އެއްމެ އަވަހަށް ފަށާނެ ކަމަށެވެ.
އެމްޕީއެލްއިން ހާމަކުރާގޮތުގައި މާލޭގެ ވިޔަފާރި ބަނދަރުގެ ބައި ތޮށި 600 މީޓަރު ބޭރަށް ޖައްސައި ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އަދި އޭގެ ސަބަބުން ކުރިއަށް އޮތް 15-20 އަހަރުވެސް ވިޔަފާރި ބަނދަރަށް ބޭނުންވާ ޖާގަ އޮންނާނެކަމުގައިވެސް އެމްޕީއެލްއިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް