މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 10.5 އިންސައްތައަށް އިތުރުވާނެ

މިއަހަރު ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތް 10.5 އިންސައްތައަށް އަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުގައި...

03 Jan 2015 | 12:55

މިއަހަރު ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތް 10.5 އިންސައްތައަށް އަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުގައި ވާގޮތުން މިއަހަރު އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވި ނަމަވެސް ކަރަންޓް އެކައުންޓު ޑެފިސިޓްގެ ބައިން އުފއްދުންތެރި ކަމުގެ ނިސްބަތް ހައެއް އިންސައްތައަށް ދައްވާނެ އެވެ.

އެމްއެމްއޭއިން ބުނެފައިވަނީ މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރާނޭ ކަމަށް ލަފާކޮށްފައިވަނީ 8.5 އިންސައްތައިގަ ކަމަށް ވިޔަސް މިއަހަރު10.5 އިންސައްތަ  ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމް ދާއިރާއާއި އިމާރާތް ކުރުމުގެ ދާއިރާ ކުރި އަރާނެ ކަމަށް ލަފާކޮށް ކަމަށެވެ.

އެމްއެމްއޭގެ އިގްތިސާދީ ރިވިއުގައި ބުނެފައިވާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާގެ އަދަދަކީ 27.8 ބިލިއަން ރުފިޔާ އެވެ. އެއީ އޮކްޓޯބަރު މަހުވެސް ކުރި އެރުން ލިބުނު ވަރެވެ. ޖުމްލަ ފައިސާގެ އިންސައްތަ އިތުރުވެފައި ނުވާ ސަބަބެއް ކަމަށް އެމްއެމްއޭއިން ލަފާކޮށްފައިވަނީ ބޭންކިންގެ ނިޒާމު ން ނެޓް ޕްރޮފިޓް އެސެޓް މަޑުޖެހިފައި ވުމެވެ.

އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި ނޮވެމްބަރު 2013 އާ އަޅާ ބަލާއިރު މިދިޔަ ނޮވެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 64 ޕަސެންޓް އިތުރުވެ، 547 މިލިއަން ޑޮލަރަށް އަރާފަ އެވެ. އެ މިންވަރުން 3.3 މަސްދުވަހުގެ އިމްޕޯޓަށް ފުދުނަސް، އެއީ އޮކްޓޯބަރު މަހު ރިޒާވްގައި ހުރި ފައިސާ އަށް ވުރެ އެއް ޕަސެންޓް ދަށް އަދަދެއް ކަމަށް އެ ތަނުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް