ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ލިބޭ މަތިވެރި ފިލާވަޅަކީ މުސްލިމުންގެ މެދުގައި އޮންނަންވާ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަހުވަންތަކަމުގެ ފިލާވަޅު ކަމަމުން އެ ފިލާވަޅުން އިބުރަތް ހާސިލްކޮށް، ހަމަހަމަކަމާއި ރަހުމާއި ހަމްދަރުދީގެ އުސޫލް ކުރިއަށް ނެރެން ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.
ކީރިތި ރަސޫލާގެ އީދުމިލާދުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ އެކަލޭގެފާނުގެ ހަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އެ ފިލާވަޅުން އިބުރަތް ހާސިލްކޮށް، އިސްލާމްދީނުގައި އަންގަވާފައިވާ މަތިވެރި އުސޫލްތަކުގައި ސާބިތުކަމާއެކު ދެމިތިބުމުގެ އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
"ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، މުސްލިމުންގެ މެދުގައި އޮންނަންވާ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޚުވަންތަކަމުގެ ފިލާވަޅުކަން، އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާންޖެހެނީ، އެކަލޭގެފާނުގެ މަތިވެރި ހަޔާތްޕުޅުން އިބުރަތް ލިބިގަތުމާއި އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ދީނުގައި ވަރުގަދަ އަޒުމާ އެކު ފައިތިލަ ސާބިތުކުރުމެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް