މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މ. ނާލާފުުއްޓާއި މުލި ކޯޒްވޭއަކުން ގުޅާލުމަށް އެ ދެ ރަށުގެ ކައުންސިލުން އެއްބަސްވުމެއްގައި ރޭ ސޮއި ކޮށްފި އެވެ. ދ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި އެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި މުލީ ކައުންސ...

03 Jan 2015 | 07:35

މ. ނާލާފުުއްޓާއި މުލި ކޯޒްވޭއަކުން ގުޅާލުމަށް އެ ދެ ރަށުގެ ކައުންސިލުން އެއްބަސްވުމެއްގައި ރޭ ސޮއި ކޮށްފި އެވެ.

ދ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި އެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި މުލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ނާފިޒު އެވެ. ނާލާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ޝާހީން އެވެ.

އެ ދެ ރަށުގެ ކައުންސިލްގެ ފަރާތން ސޮއި ކުރި އެ އެއްބަސްވުމުގެ ދަށުން ކޯޒްވޭ އެޅުމަށް ނިންމަންޖެހޭ ކަންކަން ނިންމުމަށް ފަހު ސަރުކާރާ ހިއްސާ ކުރުމަށް ވަނީ ނިންމާފައި އެވެ. މުލީ ކައުންސިލުން ބުނީ މުއްޔާއި ނާލާފުށި އެއްގަމު މަގުން ދަތުރު ކުރެވޭ ގޮތަށް ކޯޒްވޭއަކުން ގުޅާލުމަކީ ދެރަށުގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.

މިހާރުވެސް މި ދެ ރަށަކީ އެހެނިހެން ގޮތްގޮތުން ގުޅިފައިވާ ދެރަށް ކަމުން ހިދުމަތް ހޯދުމަށާއި ވަޒީފާ އަދާކުރުމަށް، އަދި ސްކޫލުގެ ކިޔަވާ ކުދިން މިދެރަށް ދެމެދުގައި ކަނޑުމަގުން ދުވާލަކު އެތައް ދަތުރެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ނާލާފުށީ ސްކޫލްގެ ގްރޭޑް ފަހަކުން ފެށިގެން 12 އަށް ކިޔަވާ ދަރިވަރުން ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށް މުއްޔަށް ދަނީ 20 މިނިޓްގެ ކަނޑުދަތުރަކަށް ފަހު އެވެ. ނާލާފުށީގެ ސްކޫލު ކުދިން ދަތުރު ކުރުމަށް ހާއްސަ ފެރީއެއް އޮންނަ ނަމަވެސް ކަނޑުމަގުން ދަތުރު ކުރަންޖެހޭތީ ކުދިންގެ ތައުލީމަށް އެކަމުގެ އަސަރު ފޯރާ ކަމަށް ދެ ރަށުގެ ކައުންސިލުން ބުނެ އެވެ.

މުލީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ޕްލޭންކޮށްފައި އޮތްގޮތަށް ނިމޭއިރު މުއްޔާއި ނާލާފުއްޓާއި ދެމެދު ހުންނާނީ ގާތްގަނޑަކަށް 1800 ފޫޓުގެ ދުރުމިނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް