މުނިފޫހިފިލުވުން ދީނީ މިންގަނޑު ތެރޭގައި ހިފަހެއްޓަން ޖެހޭ: އަދާލަތު

މުނިފޫހިފިލުވުމަށް ހިންގާ އެކި ހަރަކާތްތައް ދީނީ މިންގަނޑުގެ ތެރޭގައި ހިފަހައްޓުމަށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން  ގޮވާލައިފި އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިސްލާމީ ތާރީހަށް...

03 Jan 2015 | 07:13

މުނިފޫހިފިލުވުމަށް ހިންގާ އެކި ހަރަކާތްތައް ދީނީ މިންގަނޑުގެ ތެރޭގައި ހިފަހައްޓުމަށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން  ގޮވާލައިފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިސްލާމީ ތާރީހަށް ބަލާއިރު، ދީނީ އަދި އިޖުތިމާއީ ކަންކަމުގައި ދިވެހިން އަބަދުވެސް ވަނީ ވަކި މިންގަނޑުތަކެއް  ހިފަހައްޓާފައި ކަމަށެވެ. އަދި އެ ކަންކަމުގެ ތެރެއިން ޒުވާނުންގެ ހަގީގީ ހެވާއި ލާބަ އަށް ޔމަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވަނީ މިފަހަކަށް  އައިސް ބައެއް ފަރާތްތަކުން އިންތިޒާމްކޮށްގެން ހިންގާ ކަންކަމުގައި އިސްލާމީ ރިވެތި އަދަބު އަހުލާގާއި މުޖުތަމައު ބަލައިނުގަންނަ ފަދަ ފާހިޝް މަންޒަރުތަކާއި ހަރަކާތްތައް އާއްމުވަމުންދާތީ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީން ބުނީ މުނިފޫހިފިލުވުން ކޮންމެ މުޖުތަމައުއެއްގައިވެސް އޮންނަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް މުނިފޫހިފިލުވުމާއި އެހެން ވެސް ނަންނަމުގައި ޒުވާނުންނަށް، ދުނިޔެ އާއި  އާޚިރަތުގައި ދެރައެއް ލިބޭ ގޮތަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތަށް އެ ޕާޓީން ތަރުހީބު ނުދޭނެ ކަމަށެވެ.

އަދާލަތުން ބުނީ ޒުވާނުންނަށް ހެޔޮއެދޭ ފަރާތްތަކުން ޒުވާނުންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރަން ވާނީ އިހްލާސްތެރިކަމާ އެކުގައި ކަމަށެވެ. އޭގެ ބަދަލުގައި، ކުޅިވަރާއި މަޖަލުގެ ތެރެ އަށް ހުރިހާ ވަގުތެއް ހޭދަވެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދާ ގޮތަށް ކަންކަން ފަހިވުމަކީ ޒުވާނުންގެ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އަދާލަތުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މީލާދީ އާ އަހަރު ފާހަގަކުރުމަށޤ ސަރުކާރުން ދައުވަތު ދީގެން ނޭރުގެ މަޝްހޫރު ލަވަކިޔުންތެރިން ރާޢްޖެ ގެނެސް ޝޯއެއް ބާއްވާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް