އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މާރާމާރީ ހިންގާފައިވަނީ ދެ ގްރޫޕެއްގެ މެދުގައެވެ.
މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ، އުމުރުން 30 އަހަރުގެ މީހަކު ޒަޚަމްކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
މާރާމާރީގައި ޒަޚަމްވި މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ލިބިފައެއް ނުވެއެވެ. ނަމަވެސް އައްޑޫ ސިޓީގައި މި މާރާމާރީއާއި ގުޅިގެން އިތުރު މާރާމާރީތަކެއް ހިނގާފާނެކަމަށް ބަލައި ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް