އިސްލާމްދީނުގައި ހުރިހާ މާނައެއްގައިވެސް އަނިޔާވެރިކަން ވަނީ ހަރާމް ކުރައްވާފައިކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
"އަނިޔާވެރިންނަށް މާތްﷲ މުހުލަތެއް ދެއްވަތެވެ." މިމައުޟޫގެ މައްޗަށް އަލި އަޅުވާލައި މިއަދު ދެއްވި ޚުތުބާގައި ވިދާޅުވީ އިސްލާމްދީނުގައި ހުރިހާ މާނައެއްގައިވެސް އަނިޔާވެރިކަން ވަނީ ހަރާމް ކުރައްވާފައި ކަމަށާއި އެއީ އޭގެ ނަތީޖާ ނުބައިވެގެންވާ އަޚުލާގީ ގޮތުން ހުތުރު ސިފައެއްކަމަށްވާތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އިންސާނާގެ ނަފްސުގެ އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅޭ ކަމަކަށް އަނިޔާވެރިކަން ވާއިރު، އުއްމަތްތައް ހަލާކު ކުރެއްވުމުގެ ސަބަބަކީވެސް މިއީކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ﷲ ސުބުހާނަހޫ ވަތަޢާލާ އަކީ އަނިޔާވެރިންނަށާއި، ފާސިދުންނަށާއި، އެކަލާންގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަށް މުހުލަތު ދެއްވާ ރަސްކަލާންގެކަމަށާއި ނަމަވެސް މާތްﷲ އެއުރެން ކުރާ އަނިޔާތަކާއިމެދު އިހުމާލުގެ ޢާފިލުވެ ވޮޑިގެން ނުވާކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އަނިޔާވެރިޔަކު މީހަކަށް ހަމަ އަނިޔާކުރާ އިރަށް އެމީހަކަށް އުޤޫބާތުވެސް ނުދެއްވާނެކަމަށާއި ބައެއް ފަހަރު އަނިޔާވެރިޔާއަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވެ ތަޢުބާ ވުމަށްޓަކައިކަމަށާއި އަނެއްބައިފަހަރަށް އޭނައަށް އުޤޫބާތު ނުދެއްވަނީ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކައި ކަމަށް ވެސް ވެސް މިއަދުގެ ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
"މުސްލިމު އަޚުންނޭވެ، ﷲ ސުބުހާނަހޫ ވަތަޢާލާ އަކީ އަނިޔާވެރިންނަށާއި، ފާސިދުންނަށާއި، އެކަލާންގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަށް މުހުލަތު ދެއްވާ ރަސްކަލާންގެއެވެ. ނަމަވެސް މާތްﷲ އެއުރެން ކުރާ އަނިޔާތަކާއިމެދު އިހުމާލުގެ ޢާފިލުވެ ވޮޑިގެން ނުވެތެވެ. އަނިޔާވެރިޔަކު މީހަކަށް ހަމަ އަނިޔާކުރާ އިރަށް އެމީހަކަށް އުޤޫބާތުވެސް ނުދެއްވާނެތެވެ. ބައެއް ފަހަރު އަނިޔާވެރިޔާއަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވެ ތަޢުބާ ވުމަށްޓަކައެވެ. އަނެއްބައިފަހަރަށް އޭނައަށް އުޤޫބާތު ނުދެއްވަނީ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކައެވެ." ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޚުތުބާގައި ވިދާޅުވީ ދުނިޔެއަކީ ޖަޒާ ދެއްވުމުގެ ގޮވައްޗެއް ނޫންކަމަށާއި ޖަޒާ ދެއްވުމުގެ ގޮވައްޗަކީ އާޚިރަތް ދުވަސް ކަމުގައެވެ. އަދި އަނިޔާވެރިންނަށް ދުނިޔެ މަތީގައި މުހުލަތު ދެއްވަނީ އެމީހުންގެ އަނިޔާވެރިކަމުގައި އިތުރަށް ދިއުމަށްޓަކައިކަމަށާއި، އެމީހުން އުޅޭތަނެއް ނުވަތަ ރަށެއް ނުވަތަ ޤައުމެއްގެ މީހުންނަށް އެކަން ފެނި އެނގިދެނި ވުމަށްޓަކައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޚުތުބާގައި ވިދާޅުވީ މުސްލިމުންގެ އަޤީދާ ބަލިކަށި ކުރުމަށްޓަކައި މީސްތަކުންނާއި މާތްﷲ އާއި ދެމެދުވާ ގުޅުންތައް ހީނަރު ކުރުމަށްޓަކައި އަދުއްވުން ތާއަބަދު މަސައްކަތް ކުރަމުންދާކަމަށާއި މިފަދަ ފަރާތްތަކުން އެކި ދުވަސްތަކުގައި އެކި ޝިއާރުތައް އުފުލަމުން އަންނަ ކަމަށާއި ގޮތުން އަނިޔާވެރިންނަށް އަދަބު ނުދެއްވާ ވާހަކައާއި އަނިޔާވެރިންނަށް އޯގާވެރިވެވޮޑިގަންނަވާ ވާހަކައަކީ މިބާވަތުގެ ވާހަތަކުގެ ތެރޭގައި އަންނަ ވާހަކަތަކެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް