ނެދަލޭންޑްސްއިން ރާއްޖެ ގެނައި ޕާރުސަލަކުން އެއް ކިލޯގެ ޑްރަގް އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރި އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ. އެ ޕާރުސަލް ރާއްޖެ ގެނެސްފައިވަނީ ނެދަލޭންޑްސްއިންނެވެ. ކަސްޓަމްސްއިން ބުނީ ޝައް...

02 Dec 2022 | 06:27

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރި އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

އެ ޕާރުސަލް ރާއްޖެ ގެނެސްފައިވަނީ ނެދަލޭންޑްސްއިންނެވެ. ކަސްޓަމްސްއިން ބުނީ ޝައްކު ކުރެވޭތީ ބަލާ ފާސް ކުރުމުން ދެ ބާވަތެއްގެ މަސްތުވާތަކެތި އެ ޕާރުސަލުން ފެނިފައިވާ ކަމަށެވެ.

މި ތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 20 ވަަނަ ދުވަހު އެވެ.

އެ ޕާރުސަލްގައި ޖުމްލަ 1.34 ކިލޯގެ ޑްރަގް ހުއްޓެވެ. ކަސްޓަމްސްއިން ބުނީ މިތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ސާޅީސް ނުވަހާސް ދިވެހި ރުފިޔާއަށް އަރާނެ ކަމަސެވެ.

އެ ޕާރުސަލް ތެރެއިން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންގެ 304 ގްރާމާއި 1034 ގްރާމްގެ ހެރޮއިންނެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޙަވާލުކޮށްފައިވާ ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް