ބީސީއެމްއިން ޕާކިސްތާން ކަލްޗަރަލް ނައިޓެއް ބާއްވަނީ

މި އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން ފަންޑް ރ...

02 Dec 2022 | 06:15

މި އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން ފަންޑް ރެއިޒިން އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

މި ފަންޑްރައިޒިން ބޭއްވުން ހަމަޖެހިފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި އެވެ. މި ޑިނާނައިޓުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީއާއި ޕާކިސްތާން ހައިކޮމިޝަންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނީ ކަލްޗަރަލް ނައިޓްގެ ޓިކެޓެއް ވިއްކަނީ 350 ރުފިޔާއަށެވެ. މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.

ޓިކެޓް ބޭނުންވާ ފަރާތްތަކުން ގުޅާނެ ނަންބަރަކީ 7942802 އާއެވެ.

"ޕާކިސްތާނީ ކަލްޗަރަލް ނައިޓް"ގައި އިންޑިއަން ސަބްކޮންޓިނެންޓްގެ ރަހަތައް ހިމެނޭ ޑިނާއެއްގެ އިންތިޒާމުކުރުމުގެ އިތުރުން، ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ ތަކެތި ހިމެނޭ މޭޒެއް ބެހެއްޓިފައި ހުންނާނެއެވެ.

އަދި މި ހަރަކާތުގެ ތެރެއިން އުރުދޫ މިއުޒިކާއި ލަވަތައް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ސަގާފީ އެކި ކަހަލަ ހެދުންތައް ފެނިގެންދާނެއެވެ.

ބީސީއެމްއަކީ މިދިޔަ އަހަރުގެ ޑީސެމްބަރު 26 ގައި ޕާކިސްތާނުގެ ކުރީގެ ސަފީރު ހިޒް އެކްސެލެންސީ އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު އިފުތިތާހު ކޮށްދެއްވި ޖަމުޢިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް