ދިރާގު ފުޓުބޯޅަ އީދު: "ގެސް ދަ ޕްލޭޔާ" ކުއިޒުން ޕީއެސް 5 އެއް ހޯދުމުގެ ފުރުސަތު!

ވޯލްޑް ކަޕާއި ދިމާކޮށް، ދިރާގު ސޯޝަލް މީޑިއާ  ޕޭޖުތަކުގައި ކުރިއަށްދާ "ގެސް ދަ ޕްލޭޔަރ؟" ކުއިޒްގައި ބައިވެރުވެގެން ޕްލޭސްޓޭޝަން 5 އެއް ހިލޭ ލިބުގެ ފުރުސަތު އެބައޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ. “...

02 Dec 2022 | 06:07

ވޯލްޑް ކަޕާއި ދިމާކޮށް، ދިރާގު ސޯޝަލް މީޑިއާ  ޕޭޖުތަކުގައި ކުރިއަށްދާ "ގެސް ދަ ޕްލޭޔަރ؟" ކުއިޒްގައި ބައިވެރުވެގެން ޕްލޭސްޓޭޝަން 5 އެއް ހިލޭ ލިބުގެ ފުރުސަތު އެބައޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

“ދިރާގު ފުޓުބޯޅަ އީދު” ކެ ދަށުން ކުރިއަށްގެންދާ މި ޕޮރޯމަޝަންގައި ބައިވެރިވުމަށް ޕޯސްޓެއްގައި ފޮރުވިފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކީ ކާކުކަން ގެސްކުރުމަށްފަހު ދިރާގުގެ ޓުވިޓަރ، އިންސްޓަގްރާމު ނުވަތަ ފޭސްބުކް ޕޯސްޓުގައި ކޮމެންޓެއްކޮށްލައުގެން ބައިވެރިވެވޭނެއެވެ.

މި ކުއިޒް ކުރިއަށް ދާނީ ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު މި ފުޓުބޯޅާ އީދުގެ މުއްދަތުގައެވެ. މި ފަސް ބުރުން ކޮންމެ ބުރެއްގައިވެސް ވެސް ނަސީބުވެރި އެއް ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިއިން ކޮންމެ ފަރާތަކަށްވެސް ސޮނީ ސްޕޯޓްސްގެ 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. މީގެ އިތުރުން ހުރިހާ ބުރެއްގެ ބައިވެރިންތެރެއިން ހޮވާލެވޭ އެއް ނަސީބުވެރިއަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގެ ގޭމް ސީޑީއެއް ލިބޭނެއެވެ.

މި ސޯޝަލް މީޑިއާ ކުއިޒްގެ އިތުރުން ދިރާގުން ދަނީ އެ ކުންފުނީގެ 'ދިރާގު ފުޓުބޯޅަ އީދު'  ގެ ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރެއިން "ޖެހީ ލިބުނީ" ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ކަސްޓަމަރަކަށްވެސް އެފަރާތެއް ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ ޑޭޓާ ލިބޭނެއެވެ.

އަދި މީގެ އިތުރުން ދިރާގުން ވަނީ ވައިބަރ، ޓެލެގްރާމް، އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި 'ދިރާގު ފުޓުބޯޅަ އީދު' ގެ ޚާއްސަ އެނިމޭޓަޑް ސްޓިކަރ ޕެކެއް ވެސް ލޯންޗުކޮށްފައެވެ. މި ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް

ދިރާގުން މަސައްކަތް ކުރަމުންދަނީ މި ފުޓުބޯޅަ އީދު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރަށް ފޯރިގަދަކޮށް އަގުހުރި އޮފާރތައް މެދުވެރިކޮށް ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކޮށްދުނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް