ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީގައި މިރޭ ކުޅުނު ފަހު މެޗުތަކުން މޮޅުވެ ޖަޕާން އަދި ސްޕެއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ފަހަތުން އަރާ ޖަޕާނުން ވަރުގަދަ ސްޕެއިން 1-2 އިން ބަލިކުރިއިރު، ކޮސްޓަރީކާގެ މައްޗަށް ޖަރުމަނުން ކުރި ހޯދީ 4-2 އިންނެވެ. މި މެޗުން ޖަރުމަން މޮޅުވި ނަމަވެސް އެޓީމަށް ޖެހުނީ މުބާރާތުން ވަކިވާށެވެ.
ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ޖަޕާނެވެ. ޖަޕާނަށް ވަނީ އެޓީމުން ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ދެވަނަ ހޯދި ސްޕެއިނަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އަދި ތިންވަނަ ހޯދި ޖަރުމަނަށް ވެސް ހަތަރު ޕޮއިންޓް ލިބުނުއިރު ސްޕެއިނުން ކުރި ހޯދީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލަށްދިޔަ ކޮސްޓަރީކާ މުބާރާތް ނިންމާލީ ތިން ޕޮއިންޓާ އެކު އެވެ.
މިއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. އެންމެފަހުން ރަޝިއާގައި ބޭއްްވި ވޯލްޑް ކަޕުން ވެސް ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް