މިވެރީން ޝަރީޢަތް ނިމެންދެން ބަންދަށް - ޑޮލަރުކޮޅު އަދިވެސް ބަޚަބަރު

އެއާޕޯޓުން ޑޮލަރު ޝޫޓްކޭސް ލޫޓުވާލި މައްސަލައިގާ ހައްޔަރުކުރި މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފިއެވެ. މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންނަކީ 01. ރޭޝަމް / ލ.މާވަށް، މާޒިން މޫސާ...

02 Nov 2025 | 17:21
ޙައްޔަރުކޮށްފައިވާ މީހުން -

ޙައްޔަރުކޮށްފައިވާ މީހުން -

އެއާޕޯޓުން ޑޮލަރު ޝޫޓްކޭސް ލޫޓުވާލި މައްސަލައިގާ ހައްޔަރުކުރި މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފިއެވެ.

މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންނަކީ

01. ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ)
02. މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)
03. އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ)
04. އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ)

މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކ. ހުރައިންނެވެ.

ނިމުނު އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހު އެ ހަތަރު މީހުން ހައްޔަރުކުރީ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފެއްގެ އަތުން ޑޮލަރު ހުރި ޝޫޓްކޭހެއް ލޫޓުވި މައްސަލައިގައެވެ.

އެ ދުވަހު ހެނދުނު ފުލުހުން ބުނެފައިވާގޮތުގައި އެއާޕޯޓުގައި އެ ޢަމަލު ހިންގީ ފަތިހުގެ ވަގުތެއްގައެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ޝޫޓްކޭސް ފޭރިގަނެގެން ދިޔަކަމަށްވަނީ ލޯންޗެއްގައެވެ. ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ލޯންޗު ހޯދައި ހަތަރު މީހަކު ހައްޔަރުކުރިކަން ހޯމް މިނިސްޓަރު ހާމަކުރެއްވިއެވެ.

ނަމަވެސް އަދި އަދާހަަމައަށް ދާންދެންވެސްެ އެ ޑޮލަރުތައް ހޯދުނުކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ދުވަހަށް ކުރިން މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ 130،000 ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް