ބަނގުރަލާ ގުޅުންހުރި މައްސަލައެއްގައި އަންހެން ފުލުހަކު ވަކި ކުރުމަށް ލަފާދީފި

ބަނގުރަލާއި ގުޅުންހުރި މައްސަލައެއްގައި ދިވެހި އަންހެން ފުލުހަކު ސަސްޕެންޑުކޮށް މަގާމުން ވަކި ކުރުމަށް ލަފާދީފިއެވެ. ސަސްޕެންޑުކޮށް މަގާމުން ވަކި ކުރުމަށް ލަފާ ދީފައިވަނީ، ކޮންސްޓަބަލް އައިމިނަތު މާޔާ...

02 Nov 2025 | 05:27
ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފައިލް ފޮޓޯ: ދުވަސް

ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފައިލް ފޮޓޯ: ދުވަސް

ބަނގުރަލާއި ގުޅުންހުރި މައްސަލައެއްގައި ދިވެހި

އަންހެން ފުލުހަކު ސަސްޕެންޑުކޮށް މަގާމުން ވަކި ކުރުމަށް ލަފާދީފިއެވެ.

ސަސްޕެންޑުކޮށް މަގާމުން ވަކި ކުރުމަށް ލަފާ ދީފައިވަނީ، ކޮންސްޓަބަލް އައިމިނަތު މާޔާ

ހުސެއިން ބަޝީރެވެ.

މި މައްސަލައާއި ގުޅޭގޮތުން ދުވަހަށް

މަޢުލޫމާތުދެމުން ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް

އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ

މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކ. ތުލުސްދޫ ގެސްޓްހައުސްއެއް

ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ.

"މި މައްސަލައާއި ގުޅިގެން ފުލުހުންގެ

ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ތިން ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި

23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެއް، މި

އެންމެންނަކީވެސް ދިވެހިން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެމީހުން ފުލުހުންގެ

ބެލުމުގެ ދަށަށް ގެންދިޔައީ ގެސްޓްހައުސް ބަލައި ފާސްކުރި އިރު އެމީހުން ތިބި

ތަނުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ދެ ފުޅިއާއި ތައްޓެއް

ފެނުނު މައްސަލައިގާ ކަމަށެވެ.

"އެމީހުން ވަނީ ކޯޓަށް ހާޒިރު ނުކޮށް

ދޫކޮށްލާފައި" ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ އެމީހުންގެ ކުޑަކަމުދާތަކެތި

ތަހުލީލުކުރިއިރު މަސްތުވާތަކެއްޗަށް ނެގަޓިވް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ކޮންސްޓަބަލް

އައިމިނަތު މާޔާ ހުސެއިން ސަސްޕެންޑްކޮށް، މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަޑް

ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އޭނާ ފުލުހުންގެ ވަޒީފާއިން

ވަކިކުރުމަށް ލަފާދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް