ވަޅަށް ވެއްޓުނު ކުއްޖާ އަދި އެ ކުއްޖާ ވެއްޓުނު ވަޅު -
މިއީ މިދިޔަ ހުކުރާއި ހޮނިހިރު ހިމެނޭހެން އަވަށްޓެރި އިންޑިއާގެ
އާގަރާގައި ހިގނގި ހާދިސާއެކެވެ.
އިންޑިއާ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހުކުރު
ދުވަހުގެ ހެނދުނު 11:00 ހާއިރު ހަ އަހަރުގެ ފިރިހެން ކުއްޖަކު، 50 ފޫޓު ފުން
ވަޅަކަށް ވެއްޓުނީ އެ ކުއްޖާ ކުޅެން އުޅުނު ބޯޅަ ނަގަން އުޅުމުގެ ތެރޭގައެވެ.
އެ ވަޅަކީ މފުން އަދި ތަޣައްޔަރުވެފައިވާ ވަޅެއް ކަމުން
ކުއްޖާ ހޯދުމަށް ކުރިއަށްގެންދިޔަ ރެސްކިއު އޮޕަރޭޝަން 36 ގަޑިއިރަށް ދިގުދެމިގެންދިޔަ
ކަމަށާއި ކުއްޖާގެ ފުރާނެ ނެތް ހަށިގަނޑު ފެންމަތި ކުރެވުނީ އިއްޔެގެ ހަވީރުގެ
ވަގުތެއްގައި ކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް