ބާރު ސްޕީޑްގައި ދުއްވާތީ މަޑުކުރަން އެންގުމުން ފުލުހެއްގެ ގައިގާ ސައިކަލުން ޖައްސައި ފިލަން މަސައްކަތްކުރި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މިލްކުރާގޭ، އުމުރުން 18 އަހަރުގެ އަހްމަދު ޝާހީން ޝަހީދެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ޒުވާނާ ހައްޔަރުކުރީ ރޭ 10:40 ހާއިރު ހުޅުމާލެ ރީތިގަސްމަގުން ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް މަޑުކުރަން އެނގުމުން ފިލަން އުޅެ، އަދި ހުއްޓުވަން އުޅުނު ފުލުހެއްގެ ގައިގާ ސައިކަލުން ޖައްސައި ފިލަން އުޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް