މޯލްޑިވްސް އިސްލާމިކް ބޭންކުން މިވަނީ ރޭގައި ރޭގައި ވަރަށް ތަފާތު ޚިދުމަތެއް ލޯންޗުކޮށްފައެވެ. އެއީ ފައިސާ ވެއަރ ރިންގްސް އެވެ.
ސެކިއުރިޓީގެ ގޮތުން ވަރުގަދަ އަދި ޒަމާނީ ފަހުގެ ޓެކްނޮލޮޖީ ހިމަނާފައިވާ މި އަނގޮޓިތަކަކީ ބަލައިލަންވެސް އެހާމެ ރީތި އަނގޮޓިތަކެކެވެ.
ކުޑަކުޑަ މި ޑިވައިސްގެ އެހީގައި އަތުގައި ފޯނާއި ކޭޝްކާޑު ނޯންނަ ހާލަތްތަކާއި އަދި މޫދަށް އެރުމާއި ޖިމަށް ދިއުންފަދަ ހާލަތްތަކުގައި ފަސޭހަކަމާއެކު ޕީއޯއެސް މެޝިންތަކުން ފައިސާގެ މުއާމަލާތް ހިންގުމުގެ ފުރުސަތު ލިބިގެންދެއެވެ. ބޭނުންކޮށްލަންވެސް އެހާމެ ފަސޭހައެވެ.
https://www.facebook.com/MaldivesIslamicBank/videos/1097253282359668/?__cft__[0]=AZX8uYkuHsu65NpkfSSJlawAXElszdhi4KwMCe1jB5T1ZixOijNEZbq47U2q2ra0pNqzvr2qYgEKTA4z4IBtgrMdp2XYChlzs8UvWIujNaUU1GEzMjLKSXEEXbcABmiSkL1FhcmvJoht7Q-r_3-ly3akQ2rKhJgAAYJGnL2z-Iwc8S0TUn7rW_U0N7E6wJZlrvyHbaZUZame7tyuScUnlu0k&__tn__=%2CO%2CP-R
ފައިސާ ވެއަރ ރިންގް ގެ ހަތަރު ޑިޒައިނެއް އެމްއައިބީން ތައްޔާރުކޮށްފައިވެއެވެ. އެއީ ޑައިމަންޑް ކަޓް ބްލެކް، ޕްލެއިން ބްލެކް، ފްލޯރަލް ބްލެކް އަދި ފްލޯރަލް ވައިޓް އެވެ.
އެންއެފްސީ ޓެކްނޯލޮޖީ ހިމަނާފައިވާ މި އަނގޮޓިތައް އެމްއައިބީގެ މޯބައިލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު މެނޭޖްކޮށްލެވޭފަދަ އަނގޮޓިތަކެކެވެ.
https://vimeo.com/1025536383
އެމްއައިބީގެ ފައިސާ ވެއަރ އަށް އެދިލެއްވުމުގެ ފުރުސަތު މިހާރު އެ ބޭންކްގެ ވެބްސައިޓްގައިވަނީ ހުޅުވާލާފައެވެ. މި އުފެއްދުން އެ ބޭންކުން ތައާރަފްކުރީ އެ ބޭންކުން ރޭގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ލޯންޗިންގް އިވެންޓްގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް