ފަލަސްތީނަށް އެހީވުމަށް ބީސީއެމް އިން މާދަމާ އިވެންޓެއް ބާއްވަނީ

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް)ގެ ފަރާތުން "ހެލްޕް ފަލަސްތީން" ނަމުގައި އިވެންޓެއް މާދަމާ ހަވީރު 4 އިން 6 އަށް ބްރިޖް ވިއުވިގް ޕްލެޓްފޯމް (ނިއުޕޯޓް – ހެންވޭރު ރަޅުގަނޑު ސަރަޙައްދު)ގަ...

02 Nov 2023 | 15:32

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް)ގެ ފަރާތުން "ހެލްޕް ފަލަސްތީން" ނަމުގައި އިވެންޓެއް މާދަމާ ހަވީރު 4 އިން 6 އަށް ބްރިޖް ވިއުވިގް ޕްލެޓްފޯމް (ނިއުޕޯޓް – ހެންވޭރު ރަޅުގަނޑު ސަރަޙައްދު)ގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި އިވެންޓްގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގައި އަނިޔާވާ ފަރާތްތަކަށް އެހީ ހޯދައި، އެ ތަކެތި ގާޒާގެ ހާލުގައިޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށާއި އެ ގޮތުން މި ހަރަކާތުން އެއްކުރެވޭ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމުގައި ބީސީއެމް އިން ބުނެފައިވެއެވެ.

"މި އިވެންޓްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ޖަމްބަލް ސޭލް، ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވިއްކުން، ފޭސް ޕެއިންޓިންގ އަދި ހީނާ އާޓް ހިމެނޭ، ޖަމްބަލް ސޭލްގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ބަދިގޭ ސާމާނު، އަންނައުނު، ސްޓޭޝަނަރީޒް އަދި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ހިމެނޭ، މި ހުރިހާ ތަކެއްޗެއް ފޯރުކޮށްދީފައިވަނީ ބީ.ސީ.އެމްގެ ޢާންމު މެންބަރުން" ބީސީއެމްއިން ބުނެފައިވެއެވެ.

މި އިވެންޓްގައި ބައިވެރިވުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު ޢާއިލާއާއެކު ބްރިޖް ވިއުވިގް ޕްލެޓްފޯމްއަށް ވަޑައިގެންދެއްވުމަށް ބީ.ސީ.އެމްއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް