ޣައްޒާއިން ޝަހީދުވި އަދަދު 9000 އިން މައްޗަށް

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 9،061 އަށް އަރައިފިއެވެ. މިކަން މިއަދު ހާމަކުރީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މިއަދު ބުނެފައިވާގޮތުގ...

02 Nov 2023 | 11:53

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 9،061 އަށް އަރައިފިއެވެ.

މިކަން މިއަދު ހާމަކުރީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީންނެވެ.

އެ މިނިސްޓްރީން މިއަދު ބުނެފައިވާގޮތުގައި ޝަހީދުވި އަދަދު 9،061 އަށް އަރާފައިވާއިރު އެ އަދަދުގެ ތެރެއިން 3،760 އަކީ ކުޑަކުދިންނެވެ. 2،326 އަކީ އަންހެނުންނެވެ.

އިތުރު ބައެއް އަދަދުތަކަށް ބަލާލާއިރު ފާއިތުވި 24 ގަޑިއިރުގެތެރޭގައި ޝަހީދުވި އަދަދު 256 އަށް އަރާފައިވާއިރު ޒަޚަމްވެފައިވާ މީހުންގެ އަދަދު 32،000 އަށްވުރެ ގިނައެވެ.

ހަތެއް އޮކްޓޯބަރުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށްފަހު އިޒްރޭލުން އަންނަނީ ހުއްޓުމެއްނެތި ރެއެއް ދުވާލެއް ބެލުމެއްނެތި ޣައްޒާއަށް ވައިގެމަގުން ހަމަލާތައް ދެމުންނެވެ. އެގޮތުން އިޒްރޭލުން މިއަދު ބުނެފައިވާގޮތުގައި ފާއިތުވި 26 ދުވަހުގެތެރޭގައި ވައިގެ މަގުން ޣައްޒާއަށް 12 ހާސް ހަމަލާ ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް