ޢައްޒާގެ ދެވަނައަށް އެންމެ ގިނައިން މީހުން ދިރިއުޅެމުން އަންނަ ރެފިއުޖީ ކޭމްޕު ކަމުގައިވާ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ފާއިތުވި 72 ގަޑިއިރުގެތެރޭގައި ތިންވަނަ ފަހަރަށް އިޒްރޭލުން ހަމަލާ ދީފިއެވެ.
އަލްޖަޒީރާ އަރަބިކުން މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި ތިންވަނަ ހަމަލާވެސް އަމާޒުކޮށްފައިވަނީ ޖަބަލިއާގެ އާންމުން ދިރިއުޅޭ ގެއަކަށެވެ. ހަމަލާގެ ސަބަބުން ތިން މީހަކު ޝަހީދުވެފައިވާއިރު އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ޖަބަލިއާއަށް 72 ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ބޮޑެތި ހަމަލާތަކެއް ދީފައިވާއިރު އެ ކޭމްޕުން ޝަހީދުވި މީހުންގެ އަދަދުވަނީ 200 އިން މައްޗަށް ގޮސްފައެވެ. ޒަޚަމްވި މީހުންގެ އަދަދު ވަނީ 800 އިން މައްޗަށް ގޮސްފައެވެ. އަދި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވި ގާކުނޑިތަކުގެ ދަށުގައި 100 އަށްވުރެ ގިނަ މީހެއްގެ ހަށިގަނޑު ގެއްލިފައިވާކަމަށް ބެލެވޭ ކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ހެދުނު ބުނެފައިވެއެވެ.
ޣައްޒާގެ އަށް ރެފިއުޖީ ކޭމްޕްގެ ތެރެއިން ޖަބަލިއާ ރެފިއުޖީ ކޭމްޕަކީ އެންމެ އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕެވެ. ރެފިއުޖީ އެ ކޭމްޕުގައި 116،000 ރައްޔިތަކު ދިރިއުޅެމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް