މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސޭލްސް ސެންޓަރެއް ބ. އޭދަފުށީގައި ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އާއި ބ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް އެވެ.
އެމްއައިބީން މައުލޫމާތުދެއްވާގޮތުގައި މި ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ފޯރުކޮށްދޭނެ ސެންޓަރެކެވެ. ފައިސާ ޖަމާކުރާނެ ކައުންޓަރުތަކާ ނުލާ، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ފައިސާ ޖަމާކުރުމާއި ނެގުން 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށްލިބިގެންދާނެކަން އެމްއައިބީން ފާހަގަކުރެއެވެ.
އިއްޔެ ހުޅުވިގެންދިޔަ މި ސޭލްސް ސެންޓަރުން އެކައުންޓް ހުޅުވުމުގެ ހިދުމަތް އޮންލައިންކޮށް ދޭއިރު އިންޓަނެޓް ބޭންކިން ގެ ހިދުމަތްވެސް އަމިއްލައަށް ރަޖިސްޓްރީ ކޮއްލެވޭނެއެވެ. އަދި އެކި ހިދުމަތްތަކަށް މުވަޒަފުންގެ އެހީ ހޯދޭނެއެވެ.
މި ސޭލްސް ސެންޓަރާއެކު ފައިނޭންސިން ހިދުމަތް ހޯދުމަށް ބ. އަތޮޅުގެ ރައްޔިތުން މާލެ އަންނަ އައުން ނިމުމަކަށް އަންނާނެކަމުގައި އެމްއައިބީން ގަބޫލުކުރެއެވެ.
އެ ބޭންކުން ފާހަގަކުރާގޮތުގައި މިއީ އެބޭންކުގެ އާ ތަސައްވަރެވެ. މިފަދަ ޒަމާނީ ބްރާންޗްތަށް ދާދި އަވަހަށް އދ މަހިބަދޫ އަދި ލާމު ގަމުގައި ހުޅުވިގެންދާނެކަން އެ ބޭންކުން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތް އަހަރުވެސް މިފަދަ ޒަމާނީ ބްރާންޗްތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް ބޭންކުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް