ޣައްޒާއަށް ވަދެގަތުމަށް އިޒްރޭލުގެ ފައުޖުތަކުން ކުރަމުން އަންނަ މަސައްކަތްތަކުގައި މަރާލި އިޒްރޭލު ސިފައިންގެ އަދަދު 17 އަށް އަރާފައިވާކަމުގައި އިޒްރޭލުން ބުނެފިއެވެ.
އެގޮތުން އިޒްރޭލުން މިއަދު ބުނެފައިވާގޮތުގައި މިއަދު މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ޔޫވަލް ޒިލްބާ ނަމަކަށް ކިޔާ ސިފައިންގެ މީހެކެވެ.
އިޒްރޭލު ސިފައިންގެ 17 މީހަކު މަރުވެފައިވާއިރު އޭގެތެރެއިން 16 މީހަކު މަރުވެފައިވަނީ އިއްޔެއާއި އޭގެ ކުރީ ރޭގައެވެ.
އިޒްރޭލުން ޣައްޒާއަށް ބިމުގެ މަގުން ވަދެގަންނަން މަސައްކަތް ކުރަމުން އަންނައިރު ހަމާސް އާއި ހަމާސްއަށް ވާގިވެރިވާ ހަނގުރާމަވެރިން އަންނަނީ އިޒްރޭލު ސިފައިންނާއި ކުރިމަތިލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް